ޚަބަރު

"ގައުމުގެތަކާއެކު އޮތް ގުޅުން ބަދަހިވެ، ބައިނަލްއަގުވާމީ އާއިލާގެ ތެރެއަށް އަލުން ވަދެވިއްޖެ"

އަހުމަދު ޖައިޝަން

ހުރިހާ ގައުމުތަކާއެކު ކުރީން އޮތް ގުޅުންތައް މިހާރު ރަނގަޅުވެ ބަދަހި ވެފައިވާ ކަމަށާއި ބައިނަލްއަގުވާމީ އާއިލާގެ ތެރެއަށް ދިވެހިރާއްޖެއަށް ވަދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުރީގައި ރާއްޖެ އޮތް އެކަހެރިގޮތް ނެތި ހިނގައްޖެ ކަމަށެވެ.

"ކުރީގައި އެ އޮތް އެކަހެރިކަން ނެތި ހިނގައްޖެ އިރާދަކުރެއްވިއްޔާ މި ގެނެވުނު ބަދަލުތަކުގެ ސަބަބުން،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ގަތަރާއި އީރާނާއެކު ކަނޑާލާފައިވާ ގުޅުން އަލުން ހޯދުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ފޮރިން މިނިސްޓްރީން ގެންދަނީ ކުރަމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ކޮމަންވެލްތާއެކު އޮތް ގުޅުން އަލުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކާމިޔާބު ވާނެ ކަމަށް ރައީސް ވިދާޅުވެފައެވެ.