ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޯލިޝަން ސަރުކާރެއް ބައްޓަން ކުރެވިފައި އޮންނާނެގޮތް ގާނޫނެއްގެ ސިފައިގައި އެކުލަވާލާނެ : ރައީސް

އަހުމަދު ޖައިޝަން

ކޯލިޝަން ސަރުކާރެއް ބައްޓަން ކުރެވިފައި އޮންނާނެގޮތް ގާނޫނެއްގެ ސިފައިގައި އެކުލަވައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާނީ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ކަމަށެވެ.

"އަޅުގަނޑުމެންގެ ލެޖިސްލޭޓިވް އެޖެންޑާގައި އެބައޮތް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރުންވެސް. އޭގެތެރޭގައި އެބައޮތް ގާނޫނު އަސާސީއަށްވެސް އެ ބަދަލު ގެންނަން ޖެހޭ ކަމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބަސްވެފައި،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެހެންނަމަވެސް ގާނޫނު އަސާސީ ބަދަލު ކުރެވެންދެން ގާނޫނެއްގެ އެހީގައި އެ މަސައްކަތް ކުރާގޮތަށް އެއްބަސްވެފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.