ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ނަޝީދާއި ޤާސިމް އިބްރާހީމްއާ ދެމެެދު މައްސަލައެއް ނެތް: ރައީސް ސޯލިހް

ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރީން ކަމަށްވާ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް ގަ ބޫލުފުޅު ނުކުރެއްވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އުފެދިގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ މައްސަލައިގައި ޚިޔާލުތަފާތުވުމެއް ކަމަށާއި ކޯލިޝަނެއްގައި މަސައްކަތް ކުރާ އިރު އަދި ސިޔާސީ ދާއިރާގައި މަސައްކަތްތައް ކުރާ އިރު އެފަދަ ޚިޔާލުތަފާތުވުންތައް ހުންނާނެ ކަމަށެވެ.

(ތަފްސީލު އަންނަނީ)