ޚަބަރު

އެމްޓީޑީސީގެ އެމްޑީ ކަމަށާއި ޕީއެސްއެމްގެ ބޯޑަށް ބޭފުޅަކު އައްޔަންކުރައްވައިފި

ޕީއެސްއެމް އަދި އެމްޓީޑީސީގެ ބޯޑަށް ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ވަނީ ދާދި ދެންމެ "ވަން އޮންލައިން"އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ޕީއެސްއެމްގެ ބޯޑުގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ، ދަނބުރުއްދޮށުގެ، ހއ. ހޯރަފުށި، އަލީ މިދުހަތު އެވެ. އަލީ މިދުހަތު ވަނީ ގިނަ އަހަރުތަކެއް ވަންދެން ސަން މީޑިއާގައި މަސައްކަތްކުރައްވައިފަ އެވެ. އެ ގޮތުން އޭނާ އަކީ މިދިޔަ މަހާ ހަމަޔަށް ހުންނެވީ ސަން ޓީވީގެ ސްޓޭޝަން އިންޗާޖުގެ މަގާމުގަ އެވެ.

އެމްޓީޑީސީގެ މެނޭޖިން ޑައިރެކްޓަރު ކަމަށް އައްޔަން ކުރެއްވީ، ކަރަންކާގެ، ގއ. ދެއްވަދޫ، ތަޒްމީލް އަބްދުއްސަމަދު އެވެ. ތަޒްމީލު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގައި ހަތަރު އަހަރު މަސައްކަތް ކުރައްވައިފަ އެވެ.