ޚަބަރު

ލާމު ޕްރީސްކޫލު އޮފީހުން ފައިސާތަކެއް ވަގަށް ނަގައިފި

އަހުމަދު ޖައިޝަން

ލާމު ޕްރީ ސްކޫލުގެ އޮފީސް ދޮރު ހަލާކުކޮށްލައިގެން ވަދެ އެތަނުން ފައިސާތަކެއް ރޭ ދަންވަރު ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން"އަށް ވިދާޅުވީ ރޭގެ ދަންވަރުގެ ވަގުތެއްގައި ދޮރު ހަލާކުކޮށްލާފައި ވަތް ޕްރީ ސްކޫލަކީ ލ. ގަމުގެ ތުނޑީ އަވަށުގައި ހުންނަ ސްކޫލެއް ކަމަށެވެ. އެ މައްސަލައިގައި ޕްރީ ސްކޫލުން ވަގަށް ނަގާފައިވާ ފައިސާގެ އަދަދު އަދި ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 0645ގައި ކަމަށެވެ.

ފައިސާ ވަގަށް ނެގި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.