ފިތުރު ޒަކާތް ދެއްކި މީހުންގެ އަަދަދު ބޮޑުތަނުން ދަށްވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 25ގެ ނިޔަލަށް ފިތުރު ޒަކާތް ދައްކާފައިވަނީ 20،867 މީހުންނެވެ. އެގޮތުން މިމަހުގެ 25ގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 899،031 ރުފިޔާ ލިބިފައިވެއެވެ.
ނަމަވެސް، މިދިޔަ މަހުގެ މި މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި 1،942،201 ރުފިޔާ ލިބިފައިވެއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެންމެ ގިނަ މީހުން ފިތުރު ޒަކާތް ދެއްކީ އޮންލައިންކޮށެވެ. އެގޮތުން 17،858 މީހުން އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކި އިރު، އިސްލާމިކް މިނިސްޓްރީގެ ކައުންޓަރަށް ގޮސް ޒަކާތް ދެއްކީ 3،005 މީހެކެވެ.
މިއަހަރުވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ދީފައިވަނީ ބާސްމަތީ ހަނޑުލެވެ.