ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރު ސުޖީވާއާ ބައްދަލުކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނިގޮތުގައި މި ބައްދަލުވުމަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
ސްރީލަންކަން އެއާލައިންސްއިން ވަނީ ގަން އެއާޕޯޓުގައި ހުރި އެކި މައްސަލަ ހައްލުނުކޮށް ހުރުމުގެ ސަބަބުން އައްޑުއަށް ކުރާ ދަތުރުތައް ހުއްޓާލާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިއަދު އެ އެއާލައިނުން ވަނީ ގަމަށް ކުރާ ދަތުރުތައް ހުއްޓާނުލައި ކުރިއަށްގެންދަން ނިންމައިފައެވެ.