މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ އުސޫލު އިސްލާކުރުމުން ކަންއުންސިލްތަކުގައި އަންހެނުން ތަމްސީލު ކުރާ މިންވަރު އިތުރުވާނެކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އިމްރާން ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތް ނިމޭއިރު ކައުންސިލްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ ގޮތެއް ހަމަޖެހިގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އިމްރަން ވަނީ ރާއްޖެގައި އިޖްތިމާއީ މައްސަލަތަކުގައި ގިނައިން ވިކްޓިމައިޒް ވަނީ އަންހެނުން ކަމަށް ވިދާޅުވެފައެވެ. އަދި އަންހެނުން ހިންގުމުގެ ދާއިރާގައި ބައިވެރިވާވަރު އިތުރުވުމުން މިހާރަށް ވުރެ މައްސަލަ މަދު މުޖުތަމައުއެއް ގާއިމް ކުރެވޭނެކަމަށް އިމްރާން ވިދާޅުވިއެވެ.