ޚަބަރު

ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިރޭ 7:00 ހާއިރު ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ޓެރެކްޓަރަކާއި ޓްރޯލީއެއް ޖެހި އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްޕީއެލް ސަރަހައްދުގައި ޓެރެކްޓަރަކާއި ޓްރޯލީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ އެކްސިޑެންޓުގެ އިތުރުން މިއަދު ވަނީ ދެ އެކްސިޑެންޓެއް ހިނގައިފައެވެ. މިއަދު ހެނދުނު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް އަދި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 59 އަހަރުގެ ފިރިހެނަކަށާއި 54 އަހަރުގެ ފިރިހެނެއް އަދި އަށް އަހަރުގެ ކުއްޖަކަށް އަނިޔާވެފައިވެއެވެ.

މިއަދު މެންދުރުފަހު ހުޅުމާލޭ ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްޒިޑެންޓެއްގައި އުމުރުން 61 އަހަރުގެ މީހަކަށް ވަނީ އަނިޔާވެފައެވެ. އޭނާގެ ވައަތު ފައިގެ ކުޑަހުޅުގެ ކަށިގަނޑު ފައިގެ މަސްގަނޑުން ބޭރަށް ނުކުމެފައިވާ ކަމަށް އާސަންދައިން ބުނެއެވެ.