އަލީ ޔާމިން
އެވިޑް ކޮލެޖުގެ ސްޓޫޑެންޓް ކައުންސިލަށް އަލަށް ހޮވުނު ދަރިވަރުން މަގާމުގެ ހުވާކޮށްފިއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އެވިޑް ކޮލެޖުގެ މައި އިދާރާ، ޑައިމަންޑް ކެމްޕަސްގައެވެ. އެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ޗެއާމަން މުޝްތާގު ރަޝާދާއި ޑީނުން، ރެކްޓަރުން، ވައިސްރެކްޓަރުންނާއި އަަލަށް އިންތިހާބުވި ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ.
ދަރިވަރުންނަށް ހުވާލައިދެއްވީ ޑރ. ރަމީލާއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޗެއާމަން މުޝްތާގު ވިދާޅުވީ، ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުދިންގެ ހިޔާލާ އެއްގޮތަށް ކޮލެޖުގެ ކަންކަން ބައްޓަން ކުރާނެ ކަމަށް ވިދާޅުވިއެވެ. މުޝްތާގު ވަނީ ދަރުވަރުންނާ މެދު އޯގާތެރިކަމާއި އިންސާފުވެރިކަމާއެކު މަސައްކަތް ކުރުމަށް ލެކްޗަރާއިންނަށް އިލްތިމާސްކުރައްވައިފައެވެ.
އެވިޑް ކޮލެޖުގެ ކައުންސިލްގެ ފަރާތުން ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އިބްރާހިމް އިމްލާގް ވިދާޅުވީ، ހުރިހާ ފެކަލްޓީއަކުންވެސް ކައުންސިލަށް އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.