އުރީދޫ

އުުރީދޫ އެކްސްޕީރިއަންސް ސެންޓަރުގެ ހިދުމަތްތައް ހުރިހާ ރަށަކަށް

އަހުމަދު ޖައިޝަން

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ރާއްޖޭގެ އާބާދުވެފައިވާ ހުރިހާ ރަށަކުން ފޯރުކޮށްދިނުން މަގުފަހިކޮށްދީފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އުރީދޫން ބުނީ އެ ހިދުމަތްތަކުގެ ތެރޭގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލ ނާއި އެޑްއޯންތައް ހިޔާރުކުރުމާއި އުރީދޫގެ ބިލަށް ފައިސާ ދެއްކުން އަދި އެމް-ފައިސާގެ ހިދުމަތްތައް ހޯދުންވެސް ހިމެނޭ ކަމަށެވެ. އަދި އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ތައާރަފުކޮށްފައިވާ ރަށްތަކުގައި އޭގެ ދަށުން ލިބޭ ހިދުމަތްތައް ޕާޓްނާ ފިހާރަތަކުން ލިބޭނެ ކަމަށް ވަނީ އުރީދޫން ބުނެފައެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އުރީދޫގެ ކޮންމެ ހިދުމަތެއް ހިޔާރުކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"ޒަމާނީ ޓެކްނޮލޮޖީތަކާއި އީޖާދީ ހިދުމަތްތަކުގެ އެހީގައި އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، އަޅުގަނޑުމެންނާއެކު ކަސްޓަމަރުން ކުރާ ކޮންމެ ތަޖުރިބާއެއްވެސް އިތުރަށް ފުރިހަމަކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.