ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ އަނެއްކާވެސް ގަވަރުނަރާ ބައްދަލު ކުރައްވައިފި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރާ އަނެއްކާވެސް ބައްދަލުކުރައްވައިފިއެވެ.

މިއަދު އެމްއެމްއޭގައި ބޭއްވި އެ ބައްދަލުވުމުގައި އިބޫއަށް އިގްތިސޯދީ ކަންކަމުގައި ލަފާއަރުވާ ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެ އޮތޯރިޓީގެ ސީނިއާ މުވައްޒަފުންނާ ވެސް އެމަނިކުފާނު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލު އަދި ހާމައެއްނުކުރެއެވެ.

އިންތިޚާބީ ރައީސް އިބޫ ގެންދަވަނީ ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވަމުންނެވެ.