ޚަބަރު

މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް މެންބަރަކު އައްޔަނުކުރައްވައިފި

އަހުމަދު ޖައިޝަން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުގެ މެމްބަރުކަމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ. އެ ކޮމިޝަނަށް ރައީސުލްޖުމްހުރިއްޔާ މިއަދު ހަމަޖައްސާފައިވަނީ މއ. ގޯލްޑަންމޫން، އަހުމަދު ނާޝިދެވެ.

ނާޝިދަކީ މީގެކުރީން ފުލުހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ތަފާތު މަރުތަކުގެ ކޭސްތަކުގެ ތަހުގީގުގައި މީގެކުރީންވެސް އިސްކޮށް ހަރަކާތެރިވެވަޑައިގެންފައެވެ. ނާޝިދު ވަނީ ތަހުގީގުރުމުގެ ދާއިރާއިން ތާފާތު އެކި ތަމްރީނުތައް ވެސް ހައްދަވައިފައެވެ.

އެ ކޮމިޝަނަށް ނާޝިދު ހަމަޖައްސަވާފައިވާއިިރު މިދިޔަ މަހުގެ 25ގައި ވަނީ އެ ކޮމިޝަނުގެ މެންބަރެއް ކަމަށްވާ އަބްދުﷲ މުނާޒު އިސްތިއުފާ ދެއްވައިފައެވެ.

ނާޝިދުގެ އިތުރުން އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ހުސްނުސުއޫދާއި އާދަމް އިބްރާހީމް އާއި ފަރީޝާ އަބްދުﷲ އަދި މިސްބާހު އައްބާސް އެވެ.