ކަނޑުގެ ރައްކާތެރިކަމާއި ނާޒުކުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރާ ޕާރލޭ ފޮ އޯޝަންގެ ސީއީއޯ ސިރިލް ގަޗް އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޕާރލޭއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާ ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑުތަކަށްވާ ގެއްލުންތަކާ ގުޅޭގޮތުން ސިރިލް ވާހަކަ ދައްކަވާފައިވެއެވެ.
އެ ބައްދަލުގައި ވާހަކަފުޅު ދައްކަވަމުން ސިރިލް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ތިމާވެށީގެ ހާލަތާ މެދު ހޭލުންތެރިކުރުމުގައި އިސް ރޯލެއް އަދާކުރެވޭނެ ގައުމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.
އަދި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ތަކަށް ތިމާވެށީގެ ސަބަބުން ކުރާ ގެއްލުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި އަޑުއުފުލުމުގައިވެސް ރާއްޖެއަކީ އިސް ރޯލެއް އަދާކުރެވޭނެ ގައުމެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.