ޚަބަރު

މިއަދުގެ ދެވަނަ އެކްސިޑެންޓް: ހުޅުމާލޭ ލިންކުރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި މީހެއްގެ ފައި ބިނދިއްޖެ

ހުޅުމާލޭ ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިގައި ޒަޚަމްވި މީހަކަށް ފަރުވާދޭން ފަށައިފި އެވެ.

މި އެކްސިޑެންތް ހިނގާފައި ވަނީ ލިންކު ރޯޑުން ގޮސް ހުޅުމާލެއާ ގުޅޭ ހިސާބު ބަސް ސްޓޭޝަން ކައިރީގަ އެވެ. މި އެކްސިޑެންޓުގައި ޒަޚަމްވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާ ކަމަށް އެ ސަރަހައްދުގައި ހުރި "ވަން އޮންލައިން"ގެ ނޫސްވެރިޔާ މައުލޫމާތުދެ އެވެ.

އާސަންދަ ކޮމްޕެނީއިން ބުނީ އެކްސިޑެންޓުގައި އަނިޔާވި ފިރިހެނަކެ މިއަދު 1455ގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ އުމުރުން 61 އަހަރުގެ މީހެއް ކަމަށް އާސަންދައިން ބުނެއެވެ.

އޭނާގެ ވައަތު ފައިގެ ކުޑަހުޅުގެ ކަށިގަނޑު ވަނީ ފައިގެ މަސްގަނޑުން ބޭރަށް ނިކުމެފައި ކަމަށް ވެސް އާސަންދައިން ބުނެއެވެ.