ޚަބަރު

އެންވަޔަރަންމެންޓް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި

އަހުމަދު ޖައިޝަން

އެންވަޔަރަންމެންޓް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ އެ މަގާމަށް ހަމަޖައްސާފައިވަނީ މިނިސްޓްރީގައި ކުރިންވެސް ޕީއެސްގެ މަގާމުގައި ހުންނެވި އަޖުވަދު މުސްތަފާ ކަމަށެވެ. މިނިސްޓްރީން ބުނީ އޭނާ އެ މަގާމަށް މިއަދު އަލުން ހަމަޖައްސާފައިވަނީ މިނިސްޓްރީގެ ނަމަށް ބަދަލު ގެނައުމުގެ ސަބަބުން ކަމަށެވެ.