މުހައްމަދު އައުޒަމް
ރޯދަމަހުގެ ފުރަތަމަ 10 ނިމުމަކާ ގާތް ވެފައިވާއިރު ބާޒާރުގެ އަގުތައްވެސް މިވަނީ ހެޔޮ ވާން ފަށާފައެވެ.
ލޯކަލް މާރުކޭޓުގެ ބާވާތްތަކުގެ ތެރެއިން ކަނޑޫދޫ މިރުހަކީ ވޭތުވެދިޔަ އަހަރުތަކުގައި ރަނަށް ވެފައިވާ ބާވަތެކެވެ. އަގު އެހާމެ ބޮޑެވެ. މިއަހަރު ރޯދަ ފެށުނު އިރު ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 500 ރުފިޔާއަށެވެ. ނަމަވެސް އަގު ދަށްވަމުން ގޮސް މިއަދު މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 190 ރުފިޔާ އަށެވެ.
ކަނޑޫދޫ މިރުހުގެ އިތުރުން މާރުކޭޓުގައި ލާމު މިރުހުގެ އިތުރުން ތޮއްޑޫ މިރުސް ވެސް ގިނަ އަދަދަކަށް އެބަ ހުއްޓެވެ.
މާރުކޭޓުގައި ތޮއްޑޫ މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 250 ރުފިޔާ އަށެވެ. ލާމު މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 150 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
މަސް މާރުކޭޓުގެ އަގުތައް: