ކޮކާ ކޯލާ ލޯންގް ރަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ވަަޑައިގަތުމަށް ނިންމައިފި އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ ޓީއެފްޖީގެ ފަރާތުން ލ. އަތޮޅުގެ ލިންކް ރޯޑުގައި ބާއްވާ ލޯންގް ރަންގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހު އެ އަތޮޅަށް ވަޑައިންނަވާނެ ކަމަށެވެ.
ލޯންގް ރަން ނިންމަވައިލެއްވުމަށްފަހު އެމަނިކުފާނު، މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ކަމަށް ހޫދު ވިދާޅުވިއެވެ.
ޓީއެފްޖީ ލޯންގް ރަން ކުރިއަށް ދާނީ ހޮނިިހިރު ދުވަހުގެ 1400އިން ފެށިގެންނެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ މައުލޫމާތު އަދި ލިބިވަޑައިނުގަންނަވާ ކަމަށް ހޫދު ވިދާޅުވިއެވެ.