ރާއްޖޭގެ ސަގާފީ ތަރިކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިމަގު ބިނާކުރުމަށް ލިބިފައިވާ އަގުނުކުރެވޭ ފަދަ ނިއުމަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދަކީ ދުނިޔޭގެ ތަރިކައިގެ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުގައި ތަރިކައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
ތަރިކައިގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިގުތިސޯދީ ކުރިއެރުމާއި ފަހި މުސްތަގުބަލެއް ބިނާކުރުމަށް ސަގާފީ ތަރިކަ މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ޖަޒީރާ ރާއްޖޭގެ މުއްސަނދި ތާރީހާއި ސަގާފީ ތަރިކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިމަގު ބިނާކުރުމަށް ލިބިފައިވާ އަގުނުކުރެވޭ ފަދަ ނިއުމަތެއް،" ރައީސްގެ ޓުވީޓުގައިވެއެވެ.
މިއަހަރު ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިއާރަކީ "މުއްސަނދި މާޒީތަކަކު، ތަފާތު ކުރިމަގުތަކަކަށް" ނުވަތަ "ކޮމްޕެލްސް ޕާސްޓްސް، ޑައިވާސް ފިއުޗާ"އެވެ.