ރޯދައިގެ ހަވަނަ ދުވަހާ ކުރިމަތިލި އިރު ބާޒާރުގެ ބައެއް ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފައެވެ.
ލޯކަލް މާރުކޭޓުގެ ބައެއް ބާވާތްތަކުގެ އަގުތަކަށް ބަލާއިރު ކިއުކަމްބާގެ އަގު ރޯދަމަހުގެ ފުރަތަމަ ދުވަހާ އަޅައިބަލާއިރު ވަނީ ބޮޑުވެފައެވެ. ރޯދަމަހުގެ ފުަރަތަމަ ދުވަހު ކިއުކަމްބާ ކިލޯއެއް ލިބެން ހުރީ 25 ރުފިޔާ އަށެވެ. މިއަދު ކިއުކަމްބާ ކިލޯއެއް ހުރީ 50 ރުފިޔާ އަށެވެ. ކިއުކަމްބާގެ އިތުރުން ލުނބޯ ކިލޯއެއްގެ އަގުވެސް ވަނީ 25 ރުފިޔާއިން 40 ރުފިޔާއަށް ބޮޑުވެފައެވެ.
ބާޒާރުގައި މިއަދު ކަރާގެ އަގު ވަނީ ހެޔޮވެފައެވެ. ނަމަވެސް ރޯދަމަހުގެ ފުރަތަމަ ދުވަހާ އަޅައިބަލާއިރު ކަރާގެ އަގަށް އައިސްފައިވަނީ ކުޑަ ބަދަލެކެވެ. އެގޮތުން ކަރާ ކިލޯއެއް މިއަދު ލިބެން ހުރީ 23 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
މަސް މާރުކޭޓުގެ އަގުތައް: