ޚަބަރު

ފެލިވަރު ކުލަސްޓާ: ޕޮޒިޓިވްވި މީހުންގެ އަދަދު 489 އަށް

ޅ. ފެލިވަރު އުފެއްދުނު ކޮވިޑު ކުލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 489 އަށް އަރައިފިއެވެ.

ޅ. ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެރަށް އަދިވެސް އަރައި ފޭބުން މަނައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފެލިވަރު ކުލަސްޓާއާ ގުޅިގެން އެކި ރަށްރަށުން 489 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެގޮތުން ފެލިވަރުން އިއްޔެވެސް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ.

ފެލިވަރުގެ އިތުރުން އެ އަތޮޅު ނައިފަރާއި ހިންނަވަރާއި އޮޅުވެލިފުށި އަދި ކުރެންދޫން ވެސް ވަނީ ކޮވިޑުގެ ކޭސްތަކެއް ފެނިފައެވެ.