ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ރައީސް މައުމޫން ބޭސްފަރުވާއަށް ފަހު މާލެ ވަޑައިގެންފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، ބޭސްފަރުވާއަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސް މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މާލެ ވަޑައިގަތުމުން އާއިލާގެ ބޭފުޅުންނާއި އެމްއާރުއެމްގެ ބޭފުޅުން އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދެންނެވި ކަމަށެވެ.

ރައީސް މައުމޫންގެ ދެކަނބަލުން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތީ މިދިޔަ މަހުގެ 22 ގައެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މހުގެ ތެރޭގައި ވެސް ރައީސް މައުމޫން ވަނީ ބޭސްފަރުވާއަށް މެލޭޝިޔާއަށް ވަޑައިގެންފައެވެ.