ރޯދަ މަހުގެ ފަސް ވަނަ ދުވަހާ ބައްދަލުކުރި އިރު މާރުކޭޓުގެ އަގުތައް ވަނީ ފުރަތަމަ ދުވަހާ އަޅައިބަލާ އިރު ހެޔޮވާން ފަށައިފައެވެ.
ހާއްސަކޮށް މިދިޔަ ރޯދަ މަހު އަގު ރަނަށް އަރައިގެން ދިޔަ ކަނޑޫދޫ މިރުހުގެ އަގު މިހާރު ވަނީ ވެއްޓިފައެވެ. އެގޮތުން ރޯދައިގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް ކިލޯއެއް 500 ރުފިޔާއަށް ވިއްކި އިރު، މިހާރު ކިލޯއެއް ވިއްކަމުން ދަނީ 250 ރުފިޔާއަށެވެ.
ކަނޑޫދޫ މިރުސް ވިއްކާ ބައެއް ގޮޅިތަކުގެ މީހުން ބުނި ގޮތުގައި، މިރުސް ވިކޭނެ ކަމަށް ލަފާކޮށް ގިނަ އަދަދެއްގެ މިރުސް މިއަހަރު ބާޒާރަށް ނެރުނެވެ. ނަމަވެސް މިރުހަށް އޮތް ޑިމާންޑް ދަށްވެ، މިރުސްތައް ހަލާކުވަމުންދާތީ އަގުހެޔޮކޮށް ވިއްކަން މަޖުބޫރުވީ ކަމަށް އެމީހުން ބުނެއެވެ.
މާރުކޭޓުގައި މިއަދު މަދުން ނަމަވެސް ލާމު މިރުސް ހުރިކަން ފާހަގަކޮށްލެވެއެވެ. ލާމު މިރުސް ލިބެން ހުރީ ކިލޯއެއް 330 ރުފިޔާއަށެވެ. ތޮޅި މިރުސް މިއަދު ހުރީ ކިލޯއެއް 400 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
މަސް މާރުކޭޓުގެ އަގުތައް: