މިފަހަރު ރޯދަ މަހުގެ ފުރަތަމަ ހުކުރު ދުވަހު ބާޒާރުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަހާ އަޅާބަލާއިރު އަގުތަކަށް ބޮޑު ބަދަލެއް އައިސްފައި ނުވާއިރު މިއަދު ބާޒާރުގައި ބާވާތްތައް މަދުކަން ވެސް ފާހަގަކޮށްލެވެއެވެ.
ރޯދަ މަހު ދިވެހިން އާންމުކޮށް ގަނެ އުޅޭ ފަތްޕިލާވެލީގެ ބާވާތްތަކުގެ ތެރެއިން ލެޓިއުސް މިއަދު ބާޒާރުން ފެންނަން ނެތްކަން ފާހަގަކޮށްލެވެއެވެ. އެހެން ބާވާތްތަކުގެ ތެރެއިން ކަންކުން ފަތް 5 ރުފިޔާއަށް ބޮނޑިއެއް ލިބެން ހުރި އިރު، ކުއްޅަފިލާ ފަތް ލިބެން ހުރީ 25 ރުފިޔާއަށް ދެ ބޮނޑިއެވެ. ކޮޕީ ފަތް ބާޒާރުގައި މަދުކަން ފާހަގަކޮށްލެވެއެވެ. ކޮޕީ ފަތް ބޮނޑިއެއް ލިބެން ހުރީ 15 ރުފިޔާއަށެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް: