ރޯދަ މަހުގެ ތިން ވަނަ ދުވަހު ބާޒާރުގެ އަގުތަކަށް ބަލާ އިރު އަގުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ލޯކަލް މާރުކޭޓުގައި ރޯދައަށް ހާއްސަ މުދާތަކުގެ އަގުތައް ބޮޑުކަން ފާހަގަކޮށްލެވެއެވެ.
މިއަދު ލޯކަލް މާރުކޭޓުގައި އެންމެ ތިޔާގި ކަމަށް ފެންނަނީ ދިވެހި އަނބެވެ. ހުރިހާ ގޮޅިއެއްގައި ކަހަލަ ގޮތަކަށް ދިވެހި އަނބު ލިބެން ހުއްޓެވެ. ނަމަވެސް އަގުބޮޑެވެ. ދިވެހި އަނބު ކިލޯއެއް ލިބެން ހުރީ 120 ރުފިޔާ އާއި 140 ރުފިޔާއާ ދެމެދުގައެވެ.
އަނބެއް ވަކިން ގަންނަން ލިބެން ހުރީ، ދޮން އަނބެއް 7 ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަނބު ބައެއް 100 ރުފިޔާއަށް ވިއްކަން ހުރި އިރު، ބައެއްގައި ހުރީ ހަތް އަނބާއި 10 އަނބެވެ. މަދުން ނަމަވެސް ހުތް އަނބު ހުރި އިރު އަގު އުޅެނީ ދޮން އަނބާ ދާދި އެއްވަރެއްގައެވެ.
ލޯކަލް މާރުކޭޓުގެ އަގުތައް:
މަސް މާރުކޭޓުގެ އަގުތައް: