އަލީ ޔާމިން
އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކެއް އުރީދޫ މޯލްޑިވްސްއިން މިއަދު ތައާރަފުކޮށްފިއެވެ.
މި އާ ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު 2 ޖީބީ އިން ފެށިގެން 6 ޖީބީއާ ހަމައަށް ޑޭޓާ އާވެގެންދިއުމުގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯއަށް ބަދަލު ގެނެސް އަޕްގްރޭޑް ކުރުމަކީ މުހިންމުކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އަަބަދުވެސް މަަސައްކަތްކުރަނީ ބޮޑެތި ފައިދާތަކެއް އެކުލަވައިލައިގެން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް. މިއަދު މި ލޯންޗްކުރެވުނު އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. އަންލިމިޓަޑް އުރީދޫ ކޯލްސްގެ އިތުރުން ކޮންމެ ދުވަހަކު ޑޭޓާ އާވެގެން ދާދިއުމުން ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރެވޭވަރު ފަސޭހައިން މެނޭޖްކުރެވި ހެޔޮ އަގެއްގައި ކޮންމެ ދުވަހަކުވެސް އިންޓަނެޓް ބޭނުންކުރުން ފަހިވެގެންދާނެ." ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު، ހެޔޮ އަގުތަކުގައި، މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދެއެވެ.
އުރީދޫ ކަސްޓަމަރުން އަދި އާ ކަސްޓަމަރުންނަށް އުރީދޫގެ ފިހާރަތަކަށް ގޮސްގެން އާޗާ ޕޯސްޓްޕެއިޑް އެކްޓިވޭޓްކޮށްލެވޭނެއެވެ.