64 ވަނަ ސިފައިންގެ އަސާސީ ތަމްރީނުގެ ބައިވެރިން މިރޭ ހުވާ ކޮށްފިއެވެ.
ކަޅުތުއްކަލާ ކޮށީގައި ކުރިއަށްދިޔަ ހަފްލާގައި ސިފައިންގެ އަސާސީ ތަމްރީނުގެ ބައިވެރިންގެ ހުވާކޮށްފައިވާ އިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހުގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަދި ސިފައިންގޭގެ އެކި އިސްބޭފުޅުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިރަސްމިއްޔާތުގައި އަސާސީ ތަމްރީނުގެ ބައިވެރިންނަށް ރައީސް ސޯލިހު ވަނީ ބަޑި ހަވާލުކޮށްދެއްވައިފައެވެ. އެގޮތުން ރަމްޒީގޮތުން ތަމްރީނުގެ ބައިވެރިންގެ ފަރާތުން ޕްރައިވެޓް އައިޝަތު ޝަހްމާ ވަނީ ބަޑިއާ ހަވާލުވެފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ އަލަށް ސިފައިންގެ ހުވާކުރެއްވި ބައިވެރިންނަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅުދައްކަވައިފައެވެ.