މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އިސްނަގައިގެން މިންތީގެ ނަޒަރަކުން ވިސްނުމުގެ މުހިއްމުކަމާ ގުޅޭގޮތުގެ މައުލޫމާތު ވަޒީރުންނަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ސެޝަންގައި ބައިވެރިވެވަޑައިގެންފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.
މިބޭފުޅުންނަށް މި ސެޝަންގައި ވަނީ މިންތީގެ ހަމަހަމަކަމާ ގުޅުންހުރި މަފްހޫމްތަކާއި މިކަމަށް އޮންނަ ގާނޫނީ އޮނިގަނޑާއި ބައިނަލްއަގްވާމީ މުއާހަދާތައް އަދި އެއްބަސްވުންތަކާއި މިންތީގެ ނަޒަރުން ވިސްނުމުގެ މުހިންމުކަމުގެ މައްޗަށާއި މިންތީގެ ނަޒަރިއްޔާތުން ނުވިސްނުމުން ނުކުންނަ ނަތީޖާއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ.