ޚަބަރު

90 ޕެކެޓު މަސްތުވާތަކެއްޗާއެކު ރ. މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

90 ޕެކެޓު މަސްތުވާތަކެއްޗާއެކު ރ. މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް މަޑުއްވަރީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާއެކު މަޑުއްވަރި ޕޮލިސްޓޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެ ފިރިހެން މީހާ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ހުރި 90 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.