ހައިރައިޒް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 އަންނަ މަހު 9 އިން 11އަށް ފަސްކޮށްފިއެވެ.
ކުރިން ލިވިންގް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ 7 އިން 9އަށް ކުރިއަށްގެންދާ ގޮތަށެވެ. މޯލްޑިވްސް ލިވިންގް އެކްސްޕޯއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ކުރިއަށްގެންދާ ޕްރޮޕަޓީ ޝޯއެވެ.
މިއަހަރުގެ ލިވިންގް އެކްސްޕޯގައި ގޭތެރޭގެ ލައިފްސްޓައިލްއަށް އިސްކަން ދޭނެކަމަށް މި އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒް އިން މައުލޫމާތު ދިނެވެ. މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ.
މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެލައިންޑް އިންޝުއަރެންސް ހަމަޖައްސާފައިވާ އިރު، ކޯ ސްޕޮންސަރުންނަށް ހަމަޖައްސާފައިވަނީ ލަގްޒަރީ އެޕާޓްމެންޓް ކުންފުނި އަކުއާ ވީޓާ ރެޒިޑެންސް އާއި އޭޝިއާގެ އެންމެ މަގުބޫލު އާކިޓެކްޗަރަލް ޑިޒައިން އެވޯޑް ހޯދި ސްރީލަންކާގެ ލަގްޒަރީ ޕްރޮޕަޓީ ކުންފުންޏެއް ކަމަށްވާ އޯލްޓެއާއެވެ. މީގެ އިތުރުން ލިވިން އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.