ސޯޅަ ރަށެއްގައި ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި ބުނީ، އެރަށްރަށް ކުއްޔަށް ދޫކުރަނީ ބީލަމުގެ އުސޫލުން ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެރަށްތަކުގައި ރިސޯޓު ހިންގަން ބޭނުން ފަރާތްތަކުން މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހު 10:00ގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 28 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުން ޓޫރިޒަމުން އެދެއެވެ.
މީގެ އިތުރުން ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބޭނެއެވެ. އަދި ބީލަން ފޮތް ލިބޭނީ މިމަހުގެ 14 އިން ފެށިގެން 06 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 – 12:30 އާއި ދެމެދު ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.