ޚަބަރު

ޑިމާންޑް ބޮޑުވެ ޖަރުމަން ވިސާ ޖެހުމުގެ މުއްދަތު އިތުރުކޮށްފި

މުހައްމަދު އައުޒަމް

ޑިމާންޑް ބޮޑުވެ ޖަރުމަން ވިސާ ޖެހުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޖަރުމަން ވިސާ ޖެހުމުގެ މުއްދަތު އިތުރުކުރިކަަން ހާމަކޮށްފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ކުރި ޓްވީޓެއްގައެވެ.

ޖަރުމަންގެ ވިސާ ޖެހުމަށް ކުރިން ކުރިން ނިންމާފައިވަނީ މިމަހުގެ 27 އަދި 28 ވަނަ ދުވަހެވެ. ނަމަވެސް ޑިމާންޑު ބޮޑުވެ އެދެދުވަސް ފުލް ވުމުން މިނިސްޓްރީން މިވަނީ އެއްދުވަސް އިތުރުކޮށް މިމަހުގެ 29 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.

ޖަރުމަން ވިސާ ޖެހުމުގެ ވަގުތީ ބަޔޯމެޓްރިކް ކްލިނިކް މެދުވެރިކޮށް ވިސާ ޖަހަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 17:30 ގެ ކުރިން ބުކިންގ ހަދަން ޖެހެއެވެ.
ބުކިންގ ހެދުމަށް ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓުވީޓްގައިވާ ލިންކު މެދުވެރިކޮށް ބުކިން ހެއްދޭނެއެވެ.