ޝަހީދާ އަބްދުﷲ ސައީދު
ޕީޕަލްސް ނެޝަނަލްސް ކޮންގްރެސް (ޕީއެންސީ)އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ފޯމުތައް ސައްހަ ނުވާނަމަ ރާއްޖޭގައި އޮތް ސިޔާސީ އެއްވެސް ޕާޓީއެއްގެ ފޯމުތައް ސައްހަ ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ ޕީއެންސީން އީސީއަށްް ހުށަހެޅި ފޯމުތައް ސައްހަ ނުވާތީ އަލުން ފޯމު ހުށަހެޅި ކަމަށް ބުނެ މިހާރު އޮންލައިންގައި ޝާއިއުކުރި ހަބަރެއް ޓުވީޓު ކުރައްވައެވެ.
އީސީ ޓެގްކޮށް ކުރެއްވި ޓުވީޓުގައި ނިހާނު ވަނީ ސިޔާސީ ޕާޓީތައް އުވާލުމަށް ގޮވާލައްވާފައެވެ.