ޝަހީދާ އަބްދުﷲ ސައީދު
ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފާޑު ކިއުމަކީ ސަޅި ކަމެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސޫލާއަށާއި ދީނަށް ސިދާކޮށްނާއި ނުސީދާކޮށް ފާޑުކިއުމަކީ ގަދަ ކަމެއް ނޫން ކަމަށާއި އަދި ސަޅި ކަމެއްވެސް ނޫން ކަމަށެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ އޭނާއަކީ އެފަދަ ކަމެއް ދިފާއު ކުރައްވާނެ ބޭފުޅެއް ވެސް ނޫން ކަމަށެވެ.
މިނިސްޓަރު މަހުލޫފު މިފަދައިން ވިދާޅުވީ އިބްރާހީމް އިސްމާއީލް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ މައްސަލައިގައި އެކަމާ މަހުލޫފު، ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށް ބުނެ ވަގުތު އޮންލައިންގައި ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ.