ޚަބަރު

ތުޅާދޫ ވިލުތެރެއިން މަސްތުވާއެއްޗެހީގެ ޕެކެޓްތަކެއް ފެނިއްޖެ

އިބްރާހިމް ޒަކީ

ބ. ތުޅާދޫ ވިލުތެރެއިން މަސްތުވަން ބޭނުންކުރާ، ވީޑް ކަމަށް ބެލެވޭ ހަތަރު ޕެކެޓް ފެނިފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ތުޅާދޫ ވިލުތެރޭގައި ހުރި އެތަކެތި، މަސްބާނަން އުޅުނު ޑިންގީއަކުން ހޮވާފައިވާ ކަމަށާއި، އެ އެއްޗެހި ފެނުނު ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ބާރަޖަހާކަންހާއިރު ކަމަށެވެ. އަދި އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެ އެއްޗެހި ފެނުނު ސަރަހައްދު އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.