އިންޑިއާގެ އިންޑިއަން ސްކޮލާޝިޕް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު)ގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އައިސީސީއާރުގެ ޖެނެރަލް ސްކީމާއި ކޮމަންވެލްތުގެ ސްކީމް އަދި އެއިޑް ޓު މޯލްޑިވްސްގެ ދަށުން ޑިގްރީ އާއި މާސްޓާސްއަށް ކިޔެވުމަށް ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.
ޖެނެރަލް ސްކީމްގެ ދަށުން ސްކޮލާޝިޕްގެ 15 ފުރުސަތެއް ހުޅުވާލާފައިވާއިރު ކޮމަންވެލްތު ސްކީމުގެ ދަށުން ވަނީ ހަތަރު ފުރުސަތު ހުޅުވާލާފަ އެވެ. އަދި އެއިޑް ޓު މޯލްޑިވަސް ސްކީމްގެ ދަށުން 20 ފުރުސަތެއް ވެސް ވަނީ ހުޅުވާލައިފަ އެވެ.
ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯސް ފެށުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އެ ސްކޮލާޝިޕްގެ ދަށުން ފެޝަން އަދި މެޑިކަލް ދާއިރާ ނޫން އެހެން ދާއިރާތަކަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވައިލާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައިވާއިރު އެ ފުރުސަތު ހުޅުވައިލައިފައިވަނީ މި މަހުގެ 30ގެ ނިޔަލަށެވެ.