އަދާލަތު ޕާޓީ

އަދާލަތު ޕާޓީން އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ބާއްވަން ނިންމައިފި

އަދާލަތު ޕާޓީން، އިނގުރައިދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެޕާޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެޕާޓީގެ ޓިކެޓް ދިނުމަށް ބާއްވާ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ މިމަހުގެ 25 ވާ ހުކުރު ދުވަހު ކަމަށެވެ.

އަދާލަތު ޕާޓީން މަޖިލީހުގެ ތޭރަ ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ޕްރައިމަރީ ބާއްވަނީ ހަމައެކަނި އިނގުރައިދޫ ދާއިރާގައެވެ.