ފިހާޅޮހި އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައި އޮތީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ 74 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ އުޅޭ ކޮޓަރިތެރޭގައި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 9:20 އެހާކަންހާއިރު ކަމަށެވެ.
ފަހަކަށް އައިސް އެކި ހާދިސާތަކުގަ އާއި ގޮތް ނޭނގޭގޮތަށް މީހުން މަރުވުން އިތުރުވެފައިވާއިރު، ވޭތުވެދިޔަ ދުވަސްތަކުގައި ގެނބުމުގެ އެކި ހާދިސާތަކުގައި ގިނަ ތފަތުތުވެރިންތަކެއް ވަނީ މަރުވެފައެވެ.
އަދި މިހާދިސާތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށް ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.