ޚަބަރު

ރާއްޖެއާއި ޔޫއޭއީއާ ދެމެދު އިގްތިސޯދީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޖައިޝަން

ރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ ދެމެދުގައި ތަރައްގީ އިތުރުކޮށް އިގްތިސޯދީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.

އިއްޔެ ކުރިއަށްދިޔަ އެ މަޝްވަރާގައި ރާއްޖޭގެ ދައުލަތުންނާއި ޔޫއޭއީގެ ދައުލަތުގެ އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެގޮތުން ދިވެހި ދައުލަތުގެ ފަރާތުން އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އިތުރުން ދައުލަތުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ފޮރިން މިނިސްޓަރު ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަރަށް އުއްމީދީ މަޝްވަރާތަކެއް ކުރެވިގެން ގޮސްފައިވާ ކަމަށެވެ.