މިނިސްޓަރު އަހުމަދު މަޙުލޫފް

ޔާމީން ސަރުކާރުގައި ހިޔާލު ފާޅުކުރަން ނުކެރުނުމީހުން މިހާރުދަނީ އަޑު އުފުލަމުން: މަހްލޫފް

އިބްރާހިމް ޒަކީ

4

ރައީސް ޔާމީންގެ ސަރުކާރުގައި، ހިޔާލު ފާޅުކޮށް، މުޒާހަރާ ކުރަން ނުކެރިތިބި ފަރާތްތަކުން މިހާރު، އެކި ކަންކަމުގައި އަޑު އުފުލަމުންދާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފު މިއަދު މިހެން ވިދާޅުވެފައިވަނީ، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްލާއިމް ދީނަަށް ފުރައްސާރަކުރާތީ، ބަޔަކު މީހުން އެ ކޮލެޖް ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފައިވާ ވަގުތެއްގަ އެވެ.

މަހުލޫފްގެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، "ރައީސް ޔާމީންގެ ސަރުކާރުގައި، ހިޔާލު ފާޅުކޮށްލަން، މުޒާހަރާ ކޮށްލަން، އަދި އިނގިއްޔެއްވެސް ހަލުވައިލަން ނުކެރިތިބި ފަރާތްތައް މިއަދު އެކި ކަންކަމުގައި އަޑު އުފުލާ މަންޒަރު ފެނުނީމަ އުފާވޭ. ވޭތުވެދިޔަ ފަސްއަހަރު ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރެއްވި ހިތްވަރުގަދަ ރައްޔިތުންނަށް ޝުކުރިއްޔާ،" ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟