ޚަބަރު

މަންދު ކޮލެޖު ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި

އަހުމަދު ޖައިޝަން

މާލޭގައި ހުންނަ މަންދު ކޮލެޖުގެ ދޮރުގެ ބިއްލޫރިގަނޑު ރޭ ދަންވަރު ތަޅާލައިފި އެވެ.

ފުލުހުން ބުނީ މަންދު ކޮލެޖުގެ ބިއްލޫރިގަނޑު ތަޅާލި ކަމުގެ މައްސަލައެއް ރޭ ދަންވަރު 0213ހާއިރު ވަނީ ފުލުހަށް ހުށަހަޅާފައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވަނީ އާދިއްތަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އިބްރާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި މިވަނީ ކީރިތި ރަސޫލާއާ ގުޅުވައިގެން އިބްރާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން އޭނާއަށް އަމާޒުވަމުން ދަނިކޮށެވެ.

އަދި ރޭ، މަންދު ކޮލެޖު ކުރިމައްޗަށް ވަނީ އާންމުންގެ ބަޔަކު އެއްވެ އިބްރާއާ ދެކޮޅަށް އަޑު ވެސް އުފުލައިފައެވެ.