ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަން ހާމަކުރުމުން ކަންތައް ވެގެންދިޔައީ ހީކުރެވުނު ގޮތާ ހިލާފަށް ކަމަށް ގޮތް ނޭނގޭ މަރުތައް އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިހެން ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ ޖާޒީންގެ މަޖިލީހުން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ސުއޫދު ދެއްކެވި ވާހަކަތައް ބެލުމަށް ނިންމެވުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ސުއޫދު ވިދާޅުވީ ހީކުރެވުނީ ގޯސްކޮށް ކަމަށެވެ. ހީކުރެވުނީ ފިއްތުންތައް ކުރިމަތިވާނީ ގޭންގުތަކުން ކަމަށާއި ހީކުރެވުނީ ފިއްތުންތައް ކުރިމަތިވާނީ ކޯޓުތަކުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ސުއޫދު ވަނީ ގޭންގުތަކާއި ކޯޓުތައް އޮތީ ގުޅިފައިކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅޭގޮތުން ޖޭއެސްސީން ވަނީ ސުއޫދު ދެއްކެވި ވާހަކަތައް ބެލުމަށް ވަކި ކޮމިޓީއެއް އެކުލަވާލައިފައެވެ. ކްރިމިނަލް ކޯޓުން ވަނީ ސުއޫދުގެ މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފައެވެ. މި މައްސަލައިގެ އިޖުރާއީ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.