މެރީ ބްރައުން ކުރިމަތީ އިންޑަސްޓްރިއަލް ޒޯނުގައި އަނިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ އިންޑަސްޓްރިއަލް ޒޯނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:50 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް ފަޔާ ޓީމުން މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި އަލިފާން ރޯވެފައިވަނީ މެރީބްރައުން ކުރިމަތީ ހުރި ކުނިތަކެއްގައި ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.