ސްރީލަންކަން އެއާލައިންސް އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ނިންމައިފިއެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އެ އެއާލައިނުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުންދިޔަ ދަތުރުތައް އަންނަ އޭޕްރީލް މަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.
ސްރީލަންކަން އިން އައްޑުއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ އޮޕަރޭޓް ކުރުމުގައި ދިމާވެފައިވާ ދަތިތައް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރުވެސް ހައްލުވެފައި ނުވާތީ ކަމަށް ފިރާގު ވިދާޅުވިއެވެ.
ސްރީލަންކަން އިން އައްޑުއަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް އިއުލާންކުރި ނަމަވެސް، އަލުން ދަތުރުތައް ފަށާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.