ޚަބަރު

ބ އަތޮޅާއި މ އަތޮޅާއި ދެމެދަށް ޔެލޯ އެލާޓްނެރެފި

މުހައްމަދު އައުޒަމް

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ބ. އަތޮޅާއި މ. އަތޮޅާއި ދެމެދަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި މިސަރަހައްދުތަކަށް ގަދަ ވަޔާ އެކު ވިއްސާރަކުރާނެ ކަމަށެވެ. ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 36-27 މޭލުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގެ މުއްދަތަކީ މިއަދު ހެނދުނު 10:00 ން މެންދުރުފަހު 14:00 އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.