މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް 87 ހުށަހެޅުން ހުށަހަޅައިފިއެވެ.
އެމްއެމްސީން ބުނީ މިއަހަރު އިނާމު ދިނުމަށް ނިންމާފައިވަނީ 12 ދާއިރާއަކުން ކަމަށާއި އެ ދާއިރާތަކަށް 87 ހުށަހެޅުން ހުށަހަޅާފައިވާ ކަމަށެވެ.
މިފަހަރު އަލަށް ދެ ދާއިރާއަކުން އިނާމު ދިނުމަށް ނިންމާފައިވެއެވެ. އެއީ ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއެވެ. ނަމަވެސް މި ދެ ދާއިރާއަށް މިފަހަރު އެއްވެސް ފަރާތަކުން ނަން ހުށަހަޅާފައެއް ނުވެއެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.