އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބުގެ މަގާމަށް އައްޝައިޚު އަބްދުﷲ ރަޝީދު އައްޔަންކޮށްފިއެވެ.
އަދާލަތު ޕާޓީން މިއަދުކުރި ޓުވީޓެއްގައި ބުނެފައިވަނީ ޝައިޚު އަބްދުﷲ ރަޝީދު އެމަގާމަށް އައްޔަންކޮށްފައިވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ 151 ވަނަ ބައްދަލުވުމުން ފާސްކޮށްގެން ކަމަށެވެ.