ޚަބަރު

މަސްތުވާތަކެއްޗާއެކު ދެ ޒުވާނުން ކަނޑުމަތީން ހައްޔަރުކޮށްފި

އަހުމަދު ޖައިޝަން

މަސްތުވާތަކެއްޗާއެކު ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ ދެ ޒުވާނުން ކަނޑުމަތީން މިއަދު ހެނދުނު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރ. އަތޮޅުގެ ފަޅުރަށެއް ކައިރިން ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ 18 އަހަރުގެ ދެ ދިވެހި ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މިއަދު ހެނދުނު 08:53 ހާއިރު ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެދެފިރިހެނުން ފުލުހުގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ މިހާރު ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.