ގއ އަތޮޅުގައި ރިސޯޓު ހަދަމުން ދިޔަ ރަށެއްގައި މަސައްކަތް ކުރަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.
"ވަން އޮންލައިން" އަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހަދަމުންދާ ރިސޯޓެއްގައި މަރުވެފައިވަނީ އުމުރުން 39 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.
އޭނާ ގއ. އަތޮޅު ހޮސްޕަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ފުލުހުން ދަނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.