މާލޭގެ ގެއެއްގެ ތެރެއިން ފޯނު ތަކަކާއި ގިނަ އަދަދެއްގެ ފައިސާތަކެއް ރޭ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ވައްކަން ކޮށްފައި ވަނީ ޖަމާލުއްދީން ސްކޫލު ކައިރީގައި ހުރި އިމާރާތެއްގެ ހަތަރުވަނަ ބުރިން ކަމަށެވެ. ވަގު އެ ގެއަށް ވަދެފައިވަނީ ދޮރެއް ހަލާކުކޮށްލައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
ދޮރު ހަލާކު ކޮށްލުމަށްފަހު ކޮޓަރިއަކަށް ވަދެ ކޮޓަރީގައި އޮތް ވޮލެޓެއްގެ ތެރެއިން 3،000 ޑޮލަރާއި 1،500 ރުފިޔާ ވަގަށް ނަގާފައިވާއިރު ދެ ފޯނާއި ގަޑިއެއްވެސް ވަނީ ވަގަށް ނަގާފައި ކަމަށް ފުުލުހުން ބުންޏެވެ.
ވައްކަން ކޮށްފައިވާ ކަމަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވަނީ ރޭގެ 23:53 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.